ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލައިފި

މާލޭގައި ހުންނަ ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑަކަށް ބަޔަކު ގެއްލުންދީ ތަޅާލައިފިއެވެ.

މާލޭގެ މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިހާރު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މިސްކިތަށް ދީފައިވާ މި ގެއްލުންތައް ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ މި ލާދީނީ އަދި ނާތަހުޒީބީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މިއީ ފުރުގާން މިސްކިތަށް ގެއްލުންދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2024 ވަނަ އަހަރުވެސް މި މިސްކިތަށް އެކިވަރުގެ ގެއްލުންތައް ދީފައިވެއެވެ. އެ ފަހަރު މިސްކިތުގެ އިމާމު ނަމާދުކުރާ ސަރަހައްދުގެ ކަރަންޓު ބޯޑުތަކަށާއި ވުޟޫކުރާ ބައިގެ އިސްކުރުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެން، ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހަކު ހައްޔަރުވެސް ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ !